• ހ.ދ އަތޮޅުގައި ދީނީހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ވާރކްޝޮޕް ތަކެއްބާއްވައިފި.
  މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި އަތޮޅު ކައުންސިލް އިދާރާއާއި ގުޅިގެން ހދ .އަތޮޅުގެ ބައެއް މީހުން ދިރިއުޅޭ ރައްރަށުގައި ދީނީ ހޭލުންތެރި ކުރުމުގެގޮތުން މަޢުލޫމާތު ދިނުމުގެ ވޯކްޝޮޕްތަކެއް މިމަހު 07 އިން 13 އަށް ބޭއްވިއްޖެއެވެ. މިވޯކްޝޮޕްތަކުގައި ހދ.އަތޮޅުގެ ބައެއް ރަށްތަކުގެ ރައްޔިތުންނަށާއި ސްކޫލްތަކުގެ ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދެވިފައިވެއެވެ.
 • އެހީތެރިކަން ދިނުމާގުޅޭ ގޮތުން އެމް އޯ ޔޫ އެއްގައި ސޮކޮށްފި!
 • މިނިސްޓަރ އިންޑިއާއަށް ކުރެއްވި ދަތުރުފުޅާބެހޭ މަޢުލޫމާތު މީޑިއާ ޙިއްސާކުރައްވައިފި!
  މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޢަލީ ޝަހީމް ޢަލީ ސަޢީދު މި މަހު 10 އަކުން 18 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ބެހޭ މަޢުލޫމާތު ޚަބަރުފަތުރާ ވަސީލަތްތަކާއި ޙިއްސާކުރައްވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޑެޕއުޓީ މިނިސްޓަރ ޑރ. މުޙައްމަދު ޢަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުން އޮތީ މިނިސްޓރީގެ ޖަލްސާކުރާ މާލަމުގައި މިއަދު މެންދުރު ފަހު 2.45 ގައެވެ.
 • އެކްސްޕޯޓުކުރާ ބާވަތްތަކަށް ޙަލާލު ސެޓުފިކެޓު ޙަވާލުކުރުމުގެ ޖަލްސާ ބޭއްވިއްޖެ!
  ރާއްޖޭން ބޭރުކުރާ ބާވަތްތަކުގައި "ޙަލާލް" ލޯގޯ ޖެހުމަށްޓަކައި އެކަމަށް އެދިފައިވާ ފަރާތްތަކަށް ސެޓުފިކެޓު ދޫކުރުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި މިއަދު ބޭއްވިއްޖެއެވެ. މި ރަސްމިއްޔާތު އޮތީ މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. ކީރިތި ޤުރްއާނުގެ ބަރަކާތުން މިއަދު ހެނދުނު 10.15 ހާއިރު ފެށުނު މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދެވެ.
 • މައިމީހާގެ ބަނޑުގައިވާ ދަރިއާއި ބެހޭގޮތުން އިސްލާމީ ފިޤްހު އެކަޑަމީން ބަޔާނެއް ނެރުއްވައިފި
  ޑޮކްޓަރެއްގެ ފަރުވާކުޑަކަމުން، ނުވަތަ އެހެން މީހަކު ކުޅަ ޢަމަލެއްގެ ސަބަބުން، މާބަނޑު އަންހެނެއްގެ ބަނޑުގައިވާ ދަރި މަރުވެއްޖެ ނަމަ، ނުވަތަ އެފަދަ ޢަމަލެއްގެ ސަބަބުން، މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރި ވެއްޓުނު އިރު އޮތީ މަރުވެފައި ކަމުގައިވާ ނަމަ، އިސްލާމީ ޝަރީޢަތުގައި އޮންނަނީ، އެކަން ކުޅަމީހާ އެކުއްޖާގެ ވާރުތަވެރިންނަށް ޣުއްރާއެއްގެ މިންވަރު ދިޔައިގެ ގޮތުގައި ދިނުމާއި، ކައްފާރާ ދިނުމެވެ.
 • ހަލާލް އެށުއަރެންސް އޮފިސަރ ސެޓިފައި ކުރުމުގެ ކޯސްފެށިއްޖެ
  ރާއްޖޭގައި ޙަލާލު ސެޓްފިކެޓް ދޫކުރުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތަކުގެ ތެރެއިން ޙަލާލު އެޝުއަރެންސް އޮފިސަރ ސެޓިފައިކުރުމުގެ ކޯހުގެ ފުރަތަމަ ބުރު މިއަދު ފެށިއްޖެއެވެ. މިއަދު ހެނދުނު 9:45 ގައި ފެށުނު މި ޕްރޮގްރާމްގައި ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްއިންނާއި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
 • މިނިސްޓަރ ޝަހީމް އިންޑިއަން ހައިކޮމިޝަނަރ އާ ބައްދަލުކުރައްވައިފި
  މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދު ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއަން ހައިކޮމިޝަނަރ އާއި ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ބޭއްވުނު ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައެވެ.
ޒަކާތުގެ ނިޞޯބު 5045.60

ހުކުރު ދުވަސް