|
މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ވޯރކްޝޮޕެއް ބޭއްވިއްޖެ.
މި މިނިސްޓްރީއާއި ޑިޕާރޓްމަންޓް
އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާރވިސަސް ގުޅިގެން މާފުށީ ޖަލުގައި ތިބޭ
ގައިދީންނަށް ދީނީ މަޢުލޫމާތު ދިނުމުގެ ވޯރކްޝޮޕެއް 21 ޖުލައި 2010 ވަނަ ދުވަހު ބޭއްވިއްޖެއެވެ. މިވޯރކްޝޮޕް ހިންގުމަށް ވަޑައިގަތީ، މިމިނިސްޓްރީގެ މުޝްރިފް މުސާޢިދު އައްޝައިޚް އަޙްމަދު
ސަލީމް ޙުސައިން، މުޝްރިފް މުސާޢިދު އައްޝައިޚް ޢިއްޒުއްދީން ޢަދުދާން، ފެކަލްޓީ
އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރަރ އައްޝައިޚް ޢަލީ ޒާހިރު އަދި ލެކްޗަރަރ
އައްޝައިޚް ޙަސަން މޫސާ ފިކުރީއެވެ. މިވޯރކްޝޮޕް ހަތަރު
ސެޝަނަކަށް ކުރިޔަށްދިޔައެވެ. ސެޝަންތަކުގައި ނަގައިދެވުނު މައުޟޫޢުތަކުގެ ތެރޭގައި
ހިމެނެނީ ހަރުދަނާ ޢަޤީދާއެއް ބިނާކުރުން، ޙައްޤުތައް، ދިރިއުޅުމުގެ މަޤްޞަދު އަދި
ރިވެތި އަޚްލާޤުން ޒީނަތްތެރިވުމެވެ. |