|
އަތޮޅު ތެރޭގައި އަލަށް ޢިމާރާތް ކުރެވިފައިވާ މިސްކިތްތަކުގެ ތެރެއިން ބާރަ މިސްކިތެއް ނިމި މާދަމާ (26 ޖުލައި 2010) ވަނަ ދުވަހު ރަސްމީކޮށް ހުޅުވަން ހަމަޖައްސަވައިފި
އަތޮޅު ތެރޭގައި އަލަށް ޢިމާރާތް ކުރެވިފައިވާ މިސްކިތްތަކުގެ ތެރެއިން ބާރަ މިސްކިތެއް މިހާރުވަނީ ނިމި މާދަމާ (26 ޖުލައި 2010) ވަނަ ދުވަހު ރަސްމީކޮށް ހުޅުވަން ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މާދަމާ ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވާ ހަތް ސްކޫލެއްގެ ޕްރެޔަރ ރޫމެއްވެސް ހިމެނެއެވެ. އެ ޕްރެޔަރ ރޫމްތަކަކީ މި މިނިސްޓްރީއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ސްކޫލްތަކުގައި އިމާރާތް ކުރަމުންދާ ޕްރެޔަރ ރޫމްތަކުގެ ތެރެއިން މިހާތަނަށް ނިމިފައިވާ ރޫމްތަކެވެ.
މާދަމާ ހުޅުވަން ހަމަޖެހިފައިވާ ބާރަ މިސްކިތްތަކުގެ ނަންތައް: 1- އދ.މާމިގިލީ މިސްކިތް 2 2- މ.ދިއްގަރު މިސްކިތް 3- ތ.މަޑިފުށީ މިސްކިތް 4- ލ.ފޮނަދޫ މިސްކިތް 5- ލ.ހިތަދޫ މިސްކިތް 6- ލ.ގަން ތުނޑީއަވަށު މިސްކިތް 7- ހއ. ބާރަށު މިސްކިތް 8- ށ.މަރޮށީ މިސްކިތް 9- ނ.ކެނދިކުޅުދޫ މިސްކިތް 10- ރ.ދުވާފަރު ފުރަތަމަ މިސްކިތް 11- ރ.މާކުރަތު މިސްކިތް 12- އދ.މަންދޫ މިސްކިތް މާދަމާ ހުޅުވަން ހަމަޖެހިފައިވާ ހަތް ސްކޫލެއްގެ ޕްރެޔަރ ރޫމް: 1- ހދ. އަތޮޅުމަދަރުސާ ޕްރޭޔަރ ރޫމް (ހދ. ވައިކަރަދޫ) 2- ށ. ފޯކައިދޫ ސްކޫލް ޕްރޭޔަރ ރޫމް (ށ. ފޯކައިދޫ) 3- ކ. އަތޮޅުމަދަރުސާގެ ޕްރޭޔަރ ރޫމް (ކ. ކާށިދޫ) 4- ގއ. އޭ.އީ.ސީ. ޕްރޭޔަރ ރޫމް (ގއ. ވިލިނގިލި) 5- ގއ. މާމެންދޫ ސްކޫލް ޕްރޭޔަރ ރޫމް (ގއ. މާމެންދޫ) 6- ގދ. އަތޮޅުމަދަރުސާ ޕްރޭޔަރ ރޫމް (ގދ. ގައްދޫ) 7- ސ.އޭ.އީ.ސީ ޕްރޭޔަރ ރޫމް (ސ. ހިތަދޫ) |