މަދީނާ އިސްލާމިކް ޔުނިވާރސިޓީގެ ފަރާތުން ބޭއްވި މަސައްކަތު ބައްދަލުވުންތައް ނިމިއްޖެ.

 








26 ޖުލައި 2010 ، ހޯމަ


މި މިނިސްޓްރީއާއި މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން މިސްކިތްތަކުގެ އިމާމުންނަށް އަމާޒުކޮށްގެން 3 ދުވަހުގެ މުއްދަތަށް ބޭއްވި މައުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުންތަކުގެ ނިމުމުގެ ރަސްމިއްޔާތު މިއަދު މެންދުރު އިސްލާމީ މަރުކަޒުގައި ބޭއްވިއްޖެއެވެ. މިރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީލިޔުމާއި ހަދިޔާ ބައްސަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ.

 މިރަސްމިއްޔާތު ނިންމުމުގެ ގޮތުން މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގެ ފަރާތުން ޑރ. ޢަބްދުއްރަޙްމާން އަލްހުޖައިދީ ބައިވެރިންނާ މުޚާޠަބުކުރައްވާ ވާހަކަފުޅުދެއްކެވިއެވެ.