އިންޓަނޭޝަނަލް ޒަކާތު އޯގަނައިޒޭޝަން ގާއިމުކުރުމާބެހޭ ބައްދަލުވުމަށް ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލމިކް އެފެއާޒް ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު،  ރަސްމީ ދަތުރުފުޅެއްގައި 25 ޖުލައި 2010 ވީ އާދީއްތަ ދުވަހުގެރޭ މެލޭޝިއާ އަށް ފުރައިވަޑައިގަންނަވައިފިއެވެ.

   

އެމަނިކުފާނުގެ މިދަތުރުފުޅުގެ ބޭނުމަކީ، އިންޓަނޭޝަނަލް ޒަކާތު އޯގަނައިޒޭޝަން ގާއިމުކުރުމަށްޓަކައި މިމަހުގެ 27 އިން 28 އަށް މެލޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމެވެ.