ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުތަކާމެދު އުފެދިފައިވާ ޝައްކުތައް...
ރައްޔިތުންގެ މެދުގައި ދީނީހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިމިނިސްޓްރީއިން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ދަށުން ބޭއްވޭ ވަރަށް ޚާއްޞަ ދަރުސެއް 04 ފެބްރުއަރީ 2012 ވާ ހޮނިހިރު ދުވަހުގެރޭ 8:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި "ކީރިތި ރަސޫލާ މުޙައްމަދުޞައްލަﷲޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކާމެދު އުފެދިފައިވާ ޝައްކުތައް" މި މައުޟޫއަށް ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ ފަޟީލަތުއްޝައިޚް މުޙައްމަދު ނަޝީދު އާދަމްއެވެ.
ޢިލްމުވެރިންނަށް އަމާޒުކޮށްގެން ބޭއްވި މަހާސިންތާ
އިސްލާމީ ފިޤްހުގެ ފަރުޢީ މައްސަލަތަކުގެ ތެރެއިން ފިޤްހުވެރިންގެ މެދުގައި ޚިލާފުހުރި ބައެއް މައްސަލަތަކާމެދު ރާއްޖޭގެ ދީނީ ޢިލްމުވެރިންއެއްތަނަކަށް އެއްވެ ހަމަހިމޭންކަމާއެކު ވިސްނައި ބަހުސްކުރުމުގެ ފުރުޞަތު ހޯދާދިނުމުގެ ގޮތުން ޑިސެމްބަރު މަހުގެ 31 އާއި ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަޒް އިން އިންތިޒާމްކޮށްގެން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގެ ބާއްވާ މަހާސިންތާގެ މަސައްކަތްތައް މިއަދުވެސް ކުރިޔަށް ދިޔައެވެ.މިމަޙާސިންތާގައި ރާއްޖޭގެ 7 ޢިލްމުވެރިއަކު ތަފާތު 7 މައުޟޫއަކަށް ކަރުދާސް ހުށަހަޅާފައިވެއެވެ. މިޕޭޕަރުތަކާ ބެހޭގޮތުން މަހާސިންތާގެ ބައިވެރިން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ބަޙުޘްކޮށްފައި ވެއެވެ. މަހާސިންތާ ކުރިޔަށް ގެންދެވުނީ ބައިވެރިން ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ޢިލްމުވެރިންގެ ގްރޫޕްތަކުން މަޝްވަރާކޮށް ހުށަހެޅި ޚިޔާލުތަކާއި ހުށަހެޅުންތައް މުޅި މަހާސިންތާއަށް ހުށަހެޅުނެވެ.
ޢިލްމުވެރިންގެ މަޙާސިންތާ
މިއީ ދިވެހިރާއްޖޭގެ އިސްލާމީވަންތަކަމާއި ޞުލްޙަވެރިކަމާއި، ޚިޔާލުތަފާތުވެފައިވާ ދީނީ މައްސަލަތަކުގައި ވީހާވެސްބޮޑަށް ޚިޔާލު އެއްގޮތްކުރުމުގެ މަޤްޞަދުގައި ބޭއްވޭ މަޙާސިންތާއެކެވެ. އަދި މި މަހާސިންތާގެ ސަބަބުން ޚިލާފީ މައްސަލަތަކުގައި ރަގަޅުގޮތް އިޚްތިޔާރުކުރުމަށް ރަޢްޔިތުން ހޭލުންތެރިވެގެން ދާނެއެވެ. " واعتصموا بحبل الله جميعا ولاتفرقوا " މިޝިޢާރުގެ ދަށުން ކުރިއަށް ގެންދެވޭ މިބައްދަލުވުމުގައި މައިގަޑު މައުޟޫތަކުގެ ގޮތުގައި ކަޑައަޅައިފައިވަނީ ދީނީ ގޮތުން ޚިލާފުއުފެދިފައިވާ މައްސަލަތަކެވެ.
އިސްލާމްދީނަށް ގޮވައިލުމުގައި މުސްލިމުން ޢަމަލުކުރަންވީގޮތް މާތް ﷲކީރިތި ޤުރްއާނުގައި ވަހީކުރައްވާފައި ވެއެވެ.
އިސްލާމްދީނަށް ގޮވައިލުމުގައި މުސްލިމުން ޢަމަލުކުރަންވީގޮތް މާތް ﷲކީރިތި ޤުރްއާނުގައި ވަހީކުރައްވާފައި ވެއެވެ.
އިސްލާމީ ދުނިޔޭގެ މަޝްހޫރު މުފުތީއެއްކަމުގައިވާ ފަޟީލަތުއްޝައިޚް އިސްމާޢީލްގެ މެންކުގެ ސްޕީޗެއް ރޭ އިސްލާމީ މަރުކަޒުގައި ބާއްވައިފި.
އިސްލާމީ ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ޒިމްބާބުވޭގެ މުފުތީ ފަޟީލަތުއްޝައިޚް އިސްމާޢީލް މޫސާ މެންކުގެ ވަރަށް ޚާއްޞަ ސްޕީޗެއް ރޭ (19 ޑިސެމްބަރ 2011 ދުވަހުގެ ރޭ) އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފިއެވެ.
ޒިމްބާބުވޭގެ މުފްތީ ފަޟީލަތުއްޝައިޚް އިސްމާޢީލު މޫސާ މެންކު 19 ޑިސެމްބަރ 2011 ން 21 ޑިސެމްބަރ 2011 ގެ ނިޔަލަށް ރާއްޖެ ވަޑައިގަންނަވަނީ
މްބާބުވޭގެ މުފްތީ ފަޟީލަތުއްޝައިޚް އިސްމާޢީލު މޫސާ މެންކު، މި ޑިސެމްބަރ މަހުގެ 19 ން 21 އަށް ރާއްޖެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ރާއްޖެވަޑައިގަންނަވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ދަޢުވަތަކަށެވެ. މިދަތުރުފުޅުގައި މުފްތީ އިސްމާޢީލު މެންކު ރާއްޖޭގައި ދެ ސްޕީޗެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވަރަށް ޚާއްޞަ ދަރުސެއް
ރައްޔިތުންގެ މެދުގައި ދީނީހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިމިނިސްޓްރީއިން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ދަށުން ބޭއްވޭ ވަރަށް ޚާއްޞަ ދަރުސެއް 02 ޑިސެމްބަރ 2011 ވާ ހުކުރު ދުވަހުގެރޭ 8:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި "ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަން" މި މައުޟޫއަށް ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަބަދުލްމަޖީދު ޢަބްދުލްބާރީއެވެ.
ޢާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ޢިލްމުވެރިންގެ ޕެނަލްގައި ތިއްބަވާނީ ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ އާއި އައްޝައިޚް ފައްޔާޟް ޢަލިމަނިކެވެ.
ވީމާ، 02 ޑިސެމްބަރ 2011 ވާ ހުކުރު ދުވަހުގެރޭ 8:20 އަށް ވީހާ ގިނަ ބޭފުޅުން މިޖަލްސާ އަޑުއެއްސެވުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމަށް ވަޑައިގެންދެއްވުމަކީ މިމިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.